މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސް މިމަހުގެ ނިޔަލަށް ބޭނުންކުރެވޭނޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްދިނުން މެދުކަނޑާލީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
ލައިސަންސްގެ ޚިދުމަތްދިނުން މެދުކަނޑާލުމާއި ގުޅިގެން ޓްރާންސްޕޯޓުން ވަނީ
މުއްދަތު ހަމަވާ ލައިސަންސްތައް، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށް އަންގާފައެވެ. އަދި އޭގެ ފަހުން އެމުއްދަތު ފެބުރުއަރީގެ ނިއަލަށް އިތުރުކުރުމަށްފަހު އަނެއްކާވެސް މިވަނީ އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެހެންކަމުން މިއީ މިމުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކުރީ އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއަރ ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނާތީ އާއްމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ހައްލު ހޯދާދިނުމުގެ ގޮތުންކަމަށެވެ.
"ސިމްސް ކަސްޓަމަރ ޕޯޓަލް" ތެރެއިން ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް މިދިޔަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވަނީ ފަށާފައެވެ. އިފާސް ލޮގިންއާއިއެކު މިޕޯޓަލްއަށް ވަނުމުން، ލައިސަންސް އޮންނަ މީހެއް ނަމަ ޑިޖިޓަލް ލައިސަންސް މިހާރު ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު