އިންޑިޔަން އައިޑަލުން ވިދާލި، ޕަވަންދީޕާއި އަރުނީތާ، ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އާއިއެކު ބޭއްވި ބައްދަލުުކުރުމުގެ ފޮޓޯތަކާއި ވީޑިޔޯތައް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ވަައިރަލްވެ ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކަންޖީލާލް ރާއްޖެ އައީ އެންޔެލްޕްއިން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ޓްރެކް ދަނޑުގައި ބޭއްވި މިޔުޒިކަލް އައިޑޮލް ޝޯގައި ބައިވެރިވުމަށެވެ. އެ ދެތަރިން ރާއްޖެ އައިސް އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ ރާއްޖޭގެ އެންމެ ނުފޫޒުގަދަ ވިޔަފާވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އާއެެެވެ.
އެގޮތުން އުއްޗުގެ ކުންފުނިން ހިންގާ ކުރެއްދޫ އައިލެންޑް ރިސޯޓަށް ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކަންޖީލާލް ކުރި ޒިޔާރަތުގެ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ވައިރަލްވެފައެވެ. ފޭސްބުކާއި ޓްވިޓާ އަދި ޓިކްޓޮކްފަދަ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ އެދެތަރިން އުއްޗުއާއި ބައްދަލުކުރި ފޮޓޯތަކާއި ވީޑިއޯތަކާއި ކުރެއްދޫއާއި ހުރަވަޅީގައި ނަގާފައިވާ މަންޒަރުތަކަށް ވަރަށްގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
އިންޑިއަން އައިޑޮލް ސީޒަން 12ގެ އެންމެ މޮޅު ލަވަކިޔުންތެރިންގެ ގޮތުގައި ހިމެނިފައިވާ ޕަވަންދީޕް ރާޖަންއާއި އަރުނީތާ ކަންޖީލާލް އުއްޗުގެ ޝަރަފުގައި ކުރެއްދޫ ރިސޯޓްގައި ވަނީ ޚާއްސަ ގާލާ ނައިޓެއް ވެސް ބާއްވާފައެވެ. އާއްމުވެފައިވާ ވީޑިޔޯތަކުގައި ކުރެއްދޫ ރިސޯޓްގެ ހިއްގައިމު މަންޒަރުތަކާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަމްރުއާއި ޒުވާން ވިޔަފާރިވެރިޔާ މަސްއޫދު ހިލްމީގެ އިތުރުން އަމްރުގެ އަނބިކަނބަލުން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވެސް ފެނިގެންދެ އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުގައި އުއްޗުގެ ސަރަފްގައި ބޭއްވި ޝޯގައި ދެތަރިން ވެސް ވަނީ ލަވަތައް ހުށަހަޅައިދީފަ އެވެ. މި ޝޯ ގައި މި ދެތަރިންގެ އިތުރުން ރާއްޖޭގެ މަސްހޫރު ލަވަކިޔުންތެރިޔާ ސަލަބީ ވެސް ވަނީ ލަވަތައް ހުށަހަޅައިދީފަ އެވެ.
ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކަންޖީލާލް ރާއްޖެއަށް ކުރި ޒިޔާރަތުގައި މި ދެތަރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ޅ. އަތޮޅުގައި އޮންނަ އުއްޗުގެ ހުރަވަޅި އައިލެންޑް ރިސޯޓްގަ އެވެ. މި ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ގާއިމް ކޮށްފައިވާ ރަށެވެ.
އުއްޗު އަކީ އިންޑިއާގެ މަޝްހޫރު މިފަދަ ލަވަކިޔުންތެރިންނާ އަދި ފަންނާނުންނާއި ވަރަށް ގާތްގުޅުމެއް ބާއްވަވާ ބޭފުޅެކެެެވެ. ދާދި ފަހުން ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯގައި ޕާފޯމް ކުރުމަށް ރާއްޖެ އައި ސްރީލަންކާގެ ލަވަކިއުންތެރިއާ ޔޮހާނީ ދޮލޯކީ ޑި ސިލްވާއާ ވެސް އުއްޗު ވަނީ ބައްދަލުކުރަށްވާފައެވެ.
އުއްޗުގެ އުފަން ދުވަސް ފާހަަގަކުރުމަށް އޭނާގެ ދައުވަތަކަށް އިންޑިއާގައި އެންމެފަހުން ބޭއްވި ސްޕަރސްޓަރ ސިންގަރ ލަވަކިޔުމުގެ މުބާރާތުން އެއްވަނަ ހޯދި އިންޑިއާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ މުޙައްމަދު ފާއިޒު، ރާއްޖެއަށް އައިސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ވަނީ ޝޯ އެއް ދީފައެވެ.
ވިޔާފާރީގެ ދާއިރާގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ އަދި އަމިއްލައަށް ލަވަ ހައްދަވާ އުއްޗުއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ރޭޑިޔޯ އާއި ޓީވީ ބްރޯޑްކާސް ކުރުމުގެ ފުރުސަތު ސަރުކާރުން ދިނުމުން ރޭޑިޔޯ ޗެނަލަކާއި ޓީވީ ޗެނަލެއް ހައްދަވައިގެން އެދާއިރާއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރަށްވާފައިވާ ބޭފުޅެކެވެ.
އަށެއްކަ އަހަރު ހިންގުމަށްފަހު 2016ގެ މެދުތެރޭގައި ކުއްލި ގޮތަކަށް ހުއްޓާލި ދި އެފްއެމާއި ދި ޓީވީއަކީ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެޖެންޑާ ސެޓްކޮށް ކަނޑައެޅުމުގައި ވަރަށް ނުފޫޒުގަދަ ދެ ޗެނަލްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު