އިސްލާމިކް ފައިނޭންސްގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމުން ކުރިއަށްގެންދާ ޚާއްސަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، އެކި ސިނާޢަތްތަކާގުޅުން ހުރި މުހިއްމު ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުމުގައި ޢިލްމީ ހޯދުންތަކާއި ދިރާސާތަކަކީ މުހިއްމު އެއްޗެއްކަމަށާއި އިޤްތިޞާދީ ދާއިރާއާގުޅުންހުރި ކަންކަން ބައްޓަންކުރުމުގައިވެސް މިފަދަ ހޯދުންތަކާއި ދިރާސާތައް މުހިއްމުކަމަށެވެ.
މިނިސްްޓަރ ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ ދާއިރާއާ ގުޅުން ހުރި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން މިކަންކަން ކުރެވޭނެ ގޮތްތައް ބަލާ އެމަގަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އައިކޮނީ 2023" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަރނޭޝަނަލް ރިސާރޗް ސެންޓަރ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ ޢިލްމީ މަހާސިންތާއެކެވެ.
މި ކޮންފަރެންސަކީ އިޖްތިމާޢީ ކަންކަމާއި އިޤްތިޞާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްޤީގައި އިސްލާމީ އިޤްތިޞާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، މި ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން މަޝްވަރާކުރަން ލިބޭ މުހިއްމު ފުރުޞަތެއްކަމަށް އައި.ޔޫ.އެމްއިން ބުނެއެވެ.

Day 1 – ICONIE 2023
— Islamic University of Maldives (@official_ium) March 8, 2023
The wait is over!
We have kicked off the 2nd International Conference on Islamic Economics – ICONIE 2023 this morning.
The conference is organized by IUM in collaboration with @INCEIF and Kolej universiti Islam Selangor. #ICONIE2023 pic.twitter.com/Wrtf0SweYm
މިނިސްްޓަރ ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ ދާއިރާއާ ގުޅުން ހުރި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން މިކަންކަން ކުރެވޭނެ ގޮތްތައް ބަލާ އެމަގަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އައިކޮނީ 2023" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަރނޭޝަނަލް ރިސާރޗް ސެންޓަރ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ ޢިލްމީ މަހާސިންތާއެކެވެ.
މި ކޮންފަރެންސަކީ އިޖްތިމާޢީ ކަންކަމާއި އިޤްތިޞާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްޤީގައި އިސްލާމީ އިޤްތިޞާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، މި ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން މަޝްވަރާކުރަން ލިބޭ މުހިއްމު ފުރުޞަތެއްކަމަށް އައި.ޔޫ.އެމްއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު