ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެއެވެ.

ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާކުކޮށްފައިވަނީ އެމްޓިސީސީއާއެވެ.

އެމްޓިސީސީން ބުނީ ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ސަބްގްރޭޑް، ސަބްބޭސް، އަދި ތާރު އެޅުމުގެ މަސައްކަތުގެ 94 ޕަސެންޓް ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު