ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޖަރުމަންވިލާތަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޖަރުމަނަށް ވަޑައިގެންފައި މިވަނީ ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފަހު މަންޒިލްގެ ގޮތުގައެވެ.

ޖަރުމަނަށް ވަޑައިގެން އެމަނިކުފާނު މިއަދު ވަނީ އެ ގައުމުގައި ކުރިއަށްދާ ބާލިން ފެއާރއަށް ޒިޔާރަތްކުރަށްވާފައެވެ. އެ ޒިޔާރަތުގައި ބާލިން ފެއާރގައި ބައިވެރިވާ ދިވެހި ކުންފުނިތައް ހިމެނޭ ރާއްޖޭގެ ސްޓޭންޑަށް ވަޑައިގެން ދާއިރާގެ ބޭފުޅުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.



ޖަރުމަނުވިލާތަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ޤަޠަރުގެ ދޯހާއަށް ވަޑައިގެންނެވިއިރު، ޤަޠަރުގައި ބޭއްވި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު