އެއްބަސްވުމާ ޚިލާފަށް ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމާ އެ ބަސްތައް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ ރީޖަނަލް އެއަޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު، ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު، އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަން އެނގޭކަމަށެވެ.
މިމައްސަލައިގަ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް ވަނީ ޕީޖީ އޮފީހުގައި އެދިފައިކަމަށް އޭސީސީން ބުނެއެވެ.
ކުރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ސާމީ އަގީލް މިހާރު ހުރީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. މިއީ ސިވިލް ސާރވިސްގެ މަގާމެކެވެ.
ސާމީ އަގީލް އާ ގުޅޭގޮތުން މީގެކުރިންވެސް ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު