ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާގައި އަންހެނުން އުޅެނީ ވަރަށް ފަހަތުގައިކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުން ބުނެފިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުން ކުރަނީ ”އެމްބްރޭސް އިކުއިޓީ”ކަމަށެވެ. އަދި “އިކުއޭލިޓީ” ނުވަތަ ހަމަހަމަކަމާ “އިކުއިޓީ” އާއި ހުރި ތަފާތު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި އިކުއިޓީ މިބަސް ބޭނުން ކުރެވެނީ ހަމަހަމަކަން ހޯދުމަށް އިތުރަށް ކުރަންޖެހޭ ކަންކަމަށްކަމަށްވެސް ބަޔާނުގައިވެއެވެ.
"އެއީ ހުރިހާ އެންމެންވެސް ލަނޑުދަނޑިއެއް ހާސިލް ކުރަން މަސައްކަތް ފަށައިގަންނައިރު އެންމެން ތިބެނީ އެއްހަމައެއްގައި ނޫންކަން ދެނެގަނެ އެ ލަނޑުދަނޑި ހާސިލްކުރުމަށް ކޮންމެ މީހަކަށްވެސް ވަކިވަކިން ދޭންޖެހޭ އެހީތެރިކަންދިނުން." ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙުން ބުނީ ޤައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއް ދާއިރާކަމަށާއި އަދި މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުންކަމަށެވެ. ނަމަވެސް އެހެން ދާއިރާތަކަށް ބަލާއިރު، ހާއްސަކޮށް ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް މިއުޅެނީ ވަރަށް ފަހަތުގައިކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އެބައޮވޭ. އެހެންނަމަވެސް އެޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެނޭ. މިސާލަކަށް ބަލާއިރު، އިންތިހާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން އެބަލިބޭ. ނަމަވެސް ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުން. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ މިމަންޒަރު." ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ބަޔާނުގައި ބުނީ މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކޮށްފިކަމަށެވެ.
"އެގޮތުން ކެބިނެޓްގައާއި، ސަރުކާރުގެ މަތީ މަޤާމުތަކުގަ ތިބި އަންހެނުންގެ އަދަދު އިތުރުވެއްޖެކަން ފާހަގަކުރަން. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކުރެވިއްޖެ. މީގެ އިތުރުން އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިގެން ގޮއްސި. ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 ޕަސަންޓުގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެއް. ހަމަހަމަކަން ގެނުމަށްޓަކައި ދެވުނު އިތުރު އެހީތެރިކަމެއް." ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ބަޔާނުގައި ބުނީ އިޤްތިސާދީ ރޮނގުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ޤާނޫނުގަ އޮތް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން، އިތުރު އެހީތެރިކަން އަންހެނުންނަށް އބޭނުންވާކަމަށެވެ. އަދި އިޤްތިސާދީގޮތުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަދާކަމަށާއި އެގޮތުން އަންހެނުން ވިޔަފާރިކުރުމަށް ހާއްސަކުރެވިގެން ލޯނު ދޫކުރެވި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ފަދަކަންކަން ހިމެނޭކަން ބަޔާނުގައި ފާހަގަކުރިއެވެ.
"ނަމަވެސް އިޤްތިސާދީގޮތުން ކުރިއެރުމަށްވެސް އަދަދުނުކުރެވޭހާ ގިނަ ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ފާހަގަވޭ. ސަރުކާރުގެ ފަރާތުންދޭ ވިހެއުމުގެ ޗުއްޓީ ޕްރައިވެޓް ސެކްޓަރގައި އަދިވެސް ނުލިބުމާ، ވަޒީފާ އަދާ ކުރާ އަންހެނުންނަށް ކޮންމެހެންވެސް ބޭނުންވާ ޑޭކެއަރ ސެންޓަރުތައް އެކަށީގެންވާ ވަރާ ގާތަށްވެސް ނެތުމާ، ނުރަސްމީ މަސައްކަތުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފަދަ އެތައް ގޮންޖެހުންތަކަކާ އަންހެނުން ކުރިމަތިލާން އެބަޖެހޭ. މިކަންކަން ހައްލުކުރުމަށް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ހާއްސަ އެހީތެރިކަމެއް އަންހެނުންނަށް ބޭނުންވޭ." ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ބަޔާނުގައި ބުނީ އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށާއި އަދި ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަމަށެވެ. އަދި މިއަދު އަންހެނުން އެހެން އަންހެނުންނަށް ދޭން އޮތް އެންމެ މުހިއްމު އެއް މެސެޖަކީ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށާއި، އެކަކަށް ލިބޭ ކުރިއެރުމަކީ އަނެކާއަށްވެސް ލިބޭ ކުރިއެރުން ކަމަށް ދެކި، އެކަކު ކުރިއަރުވައިގެން އަނެކާ ކުރިއެރުމަށް އަޒުމް ކަނޑައެޅުންކަމަށް ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު