ޑިޖިޓަލް މުސްތަގްބަލް ބައްޓަންކުރުމުގައި އަންހެނުން ބާރުވެރިކުރުވަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބާތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓްގައި ވިދާޅުވީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު މުޖްތަމައުަގެ ކުރިއެރުމަށް އަންހެނުން އަދާކުރާ މުހިއްމު ދައުރުގެ މަތިން ހަދާންކުރަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ދުނިޔޭގައި ހަރަކާތްތެރިވުމަށް އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮތް ތަފާތުތައް ނައްތާލައި، ޖިޓަލް މުސްތަގުބަލް ބައްޓަން ކުރުމަށް އަންހެނުން ބާރުވެރިކުރަންޖެހޭކަމަށެވެ.



އަންހެނުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އިސް ވަޒީފާތަކާއި ކުންފުނިތަކުގެ އިސް މަގާމަށް އަންހެނުން ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން މިސަރުކާރުން ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، އަންހެނުންނަށް ހާއްސަ ގޮނޑިތައް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު