ގާނޫނުތަކަށް އިސްލާހު ގެނެސްގެން ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެކަމަށެވެ. އަދި މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކޮށް ތަމްސީލްކުރުމަށް ގޮތްތަކެއް ހޯދައި ދިނުމަކީ އެންމެންގެ ޢަޒުމަކަށް ހަދަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާން ޖެހޭނެ." ނަޝީދު ވިދާޅުވިއެވެ.
87 މެމްބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބަވަނީ 4 އަންހެން މެމްބަރުންނެވެ. އެއީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދާއި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.
މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ ވާހަކަ ދައްކާއިރު، ލޯކަލް ކައުންސިލްތަކުން ވަނީ އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު