ގައުމުގައި ހުރި ކަންކަން ގޯސް ވާހަކަ ބައެއް މީހުން ދައްކަނީ ކޮންމެހެން އެކަންކަން ރަނގަޅުކުރާކަށް ނޫންކަމާއި، އެއީ އެހެން މަގްސަދެއް އޮވެގެން ދައްކާ ވާހަކަތަކެއްކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ ވެށީގައި ހިނގާ މިފަދަ ކަންކަމަށް އިޝާރާތް ކުރަށްވައި ނަފާ ނަސީމް ވިދާޅުވީ ހުރިހާ އެންމެންގެ ހުރިހާ އަމާޒެއްވެސް މިހާރު ހުރީ ވެރިކަމާ ދިމާލަށްކަމަށެވެ.
ނަސީމް ވިދާޅުވީ ކަންކަން ގޯސް ވާހަކަ ދައްކަނީ ވެސް ވެރިކަމަށް އަމާޒުކޮށްކަމަށެވެ. އެއީ ކޮންމެހެން ކަންކަން ރަގަޅުކުރާކަށް ދައްކާ ވާހަކަތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިއްޔެ ތިމާ ވެރިކަމުގަ ހުރެ ކުރިކަންތައްވެސް މިއަދު ގޯސް! އެއީ ކީއްވެ؟ މިއަދު ތިމާ ވެރިކަމުގަ ނެތީމަ. މާދަމާ ވެރިކަން ލިބޭތޯ! ސަޅިދީ؟" ނަފާ ނަސީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ސިޔާސީ މީހުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔަމުންނެވެ. އަދި ނަސީމް ވިދާޅުވި ފަދައިން މީގެ ކުރިންވެސް ވެރިކަންތަކުގައި ފެނިފައި ހުރި މަންޒަރުތައް މިއަދުވެސް ފެންނަމުންދާއިރު، އެކަންކަން އޭރު ކުރެއްވި ބޭފުޅުން މިއަދު އެކަންކަމާއި ދެކޮޅަށް ވާހަކަ ދައްކާ އަޑުތައް އިވެނީ ވެސް މަދެއްކޮށެއް ނޫނެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރުމަހު އޮންނައިރު އިންތިހާބުގައި ވާދަކުރާނެކަން އަދި މިހާތަނަށް ޔަގީންވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެކަންޏެވެ. ދެން ތިއްބެވި ލީޑަރުން އިންތިހާބުގައި ވާދަކުރައްވަފާނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

ހުރިހާ އެންމެންގެ ހުރިހާ އަމާޒެއް ވެރިކަމާ ދިމާލަށް! ކަންކަން ގޯސް ވާހަކަ ދައްކަނީ ވެސް ވެރިކަމަށް އަމާޒުކޮށް. ކޮންމެހެން ރަގަޅުކުރާކަށް ނޫން. އިއްޔެ ތިމާ ވެރިކަމުގަ ހުރެ ކުރިކަންތައްވެސް މިއަދު ގޯސް! އެއީ ކީއްވެ؟ މިއަދު ތިމާ ވެރިކަމުގަ ނެތީމަ. މާދަމާ ވެރިކަން ލިބޭތޯ! ސަޅިދީ؟
— NafaNaseem (@monasibnaseem) March 8, 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ސިޔާސީ މީހުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔަމުންނެވެ. އަދި ނަސީމް ވިދާޅުވި ފަދައިން މީގެ ކުރިންވެސް ވެރިކަންތަކުގައި ފެނިފައި ހުރި މަންޒަރުތައް މިއަދުވެސް ފެންނަމުންދާއިރު، އެކަންކަން އޭރު ކުރެއްވި ބޭފުޅުން މިއަދު އެކަންކަމާއި ދެކޮޅަށް ވާހަކަ ދައްކާ އަޑުތައް އިވެނީ ވެސް މަދެއްކޮށެއް ނޫނެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރުމަހު އޮންނައިރު އިންތިހާބުގައި ވާދަކުރާނެކަން އަދި މިހާތަނަށް ޔަގީންވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެކަންޏެވެ. ދެން ތިއްބެވި ލީޑަރުން އިންތިހާބުގައި ވާދަކުރައްވަފާނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު