މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރިޔާސީ ބަޔާނަށް ދޭ ޖަވާބަކީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީފިވަޔައި، ދެން އެންމެ ގިނަ މެންބަރުން ތިބިޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު ހުށަހަޅަންޖެހޭ ޖަވާބެކެވެ.
މަޖިލީހުގައި މިވަގުތު މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމްއެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ ރިޔާސީ ބަޔާނަށް ޖަވާބު އެރުވުމަށް ދެކޮޅު ހަދާފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ރިޔާސީ ބަޔާން އިއްވިއިރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ނުދެއްވުމެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވި ދުވަހު، ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖަވާބު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެ ޖަވާބު މައިނޯރޮޓީ ލީޑަރާ ޙިއްޞާކުރެވިފައިވާކަން މަޖިލީހުން އަންގާފައިވާކަމަށެވެ.
އެމްއެންޕީން ބުނީ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީފިވަޔައި، މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ، މެންބަރުގެ ޚިޔާލާއި ފިކުރު ހިމަނައިގެން ކަމުގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެމްއެންޕީން ރިޔާސީ ބަޔާނަށް ޖަވާބު ހުށަހަޅަންޖެހުނީ، މައިނޯރިޓީ ލީޑަރުގެ ފަރާތުން ޖަވާބު ހުށަހަޅުއްވާފައިނުވާތީކަމަށް ބަޔާނުގައިވެއެވެ.
އެމްއެންޕީން ބުނީ މި ވަގުތު ޤައުމުގެ ޙާލަތު އޮތް ގޮތުން، ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެފައި، ޕާޓީއަކީ އިދިކޮޅު ޕާޓީއަކަށްވުމަކީވެސް ރިޔާސީ ބަޔާނަށް ޖަވާބު އެރުވި ސަބަބެއްކަމަށެވެ.

ނޫސް ބަޔާން: ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް އެމްއެންޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖަވާބު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެ ޖަވާބު މައިނޯރޮޓީ ލީޑަރާ ޙިއްޞާކުރެވިފައިވާކަން އެ މަޖިލީހުން އަންގަވާފައިވާ އެންގުމާ https://t.co/Z8RpIV4gpr… https://t.co/iKqlb3c1JV pic.twitter.com/Vunk02JB8Q
— Maldives National Party (@MNP_Secretariat) March 7, 2023
މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވި ދުވަހު، ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖަވާބު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެ ޖަވާބު މައިނޯރޮޓީ ލީޑަރާ ޙިއްޞާކުރެވިފައިވާކަން މަޖިލީހުން އަންގާފައިވާކަމަށެވެ.
އެމްއެންޕީން ބުނީ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީފިވަޔައި، މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ، މެންބަރުގެ ޚިޔާލާއި ފިކުރު ހިމަނައިގެން ކަމުގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެމްއެންޕީން ރިޔާސީ ބަޔާނަށް ޖަވާބު ހުށަހަޅަންޖެހުނީ، މައިނޯރިޓީ ލީޑަރުގެ ފަރާތުން ޖަވާބު ހުށަހަޅުއްވާފައިނުވާތީކަމަށް ބަޔާނުގައިވެއެވެ.
އެމްއެންޕީން ބުނީ މި ވަގުތު ޤައުމުގެ ޙާލަތު އޮތް ގޮތުން، ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެފައި، ޕާޓީއަކީ އިދިކޮޅު ޕާޓީއަކަށްވުމަކީވެސް ރިޔާސީ ބަޔާނަށް ޖަވާބު އެރުވި ސަބަބެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު