ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު، މަރްޙޫމް އިބްރާހީމް ރިޒާގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބޭއްވުމަށް ގުރައިދޫ ކައުންސިލުން ނިންމައިފިއެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވީ މިދިޔަމަހުގެ 23 ވަނަ ދުވަހުގެރެއެވެ.

ގުރައިދޫ ކައުންސިލުން ބުނީ"އުސްތާޛް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1444" ނަމުގައި ގުރުއާން މުބާރާތެއް ކައުންސިލުން އިންތިޒާމު ކޮށްގެން

ކުރިއަށް އޮތް ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މުބާރާތުގައި 10 އުމުރު ފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާއިރު، މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ކ.ގުރައިދޫގައި ރަޖިސްޓްރީ ވެފައިވާ ރަށްވެހިންނަށާއި، ކ.ގުރައިދޫ އަށް ރަޖިސްޓްރީ ވެފައި ނުވި ނަމަވެސް މަންމަ ނުވަތަ ބައްޕަ ކ.ގުރައިދޫއަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި، ކ.ގުރައިދޫ އަށް ރަޖިސްޓްރީ ވެފައި ނުވިނަމަވެސް ކ.ގުރައިދޫ ސްކޫލުގައި ކިޔާވާ ދަރިވަރުންނަށްކަމަށް ކައުންސިލުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 މާރޗް 2023 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު