ގާކޮށްޓާއި ކުރީގެ ޢަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ޓާޓާ ފްލެޓްތަކުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ގ. ގާކޮށި އަދި މއ. ވޭސައިޑް (ކުރީގެ އަރަބިއްޔާ) ފްލެޓްތަކުގެ އާއްމު ތަންތަނުގައި ގަސް މުށި ފަދަ ތަކެއްޗާއި ބާކީވާ ތަކެއްޗާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނު ބަހައްޓާފައި ހުންނަކަމަށެވެ. މީގެއިތުރުން އޭސީގެ އައުޓްޑޯ ޔުނިޓުން ބޭރަށް ފެން ފައިބާގޮތަށްވެސް ބައެއް ފަރާތްތަކުން ހޮޅި ދޫކޮށްފައި ހުންނަކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މީގެއިތުރުން އިމާރާތުގެ އަލިފާން ނިއްވާ ނިޒާމްގެ ފަޔަރ ބޮކްސް މަތީގައި އާއި ކައިރީގައިވެސް ގިނަ އަދަދެއްގެ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަވެފައިވާކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މިއީ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭޭ ކަންކަންކަމަށެވެ. އަދި މިފަދަ ކަންކަން އިސްލާހުކުރަން ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކުގައި އުޅޭ ފަރާތްތަކުން އިމާރާތުގައި ހެދިފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ޔަގީންކުރުމަކީ ފްލެޓްގެ ވެރިފަރާތުގެ ޒިންމާއެއްކަމަށެވެ. އެހެންކަމުން ފްލެޓްތަކުގެ އުސޫލާއި ޚިލާފަށް ހުރި ކަންކަން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަނގަޅުކުރަން އެޗްޑީސީން ވަނީ އަންގާފައެވެ. އަދި އެ ތާރީހުގެ ފަހުން އުސޫލުތަކާއި ހިލާފަށް ހުންނަ ކަންކަމަށް ފްލެޓްތަކުގެ އެއްބަސްވުމާއި އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ ޓާޓާ ފްލެޓްތަކުގައި އަޑުގަދަވާ ޒާތުގެ މަސައްކަތް އިރުއޮއްސި 6:00 އާއި ހެނދުނު 8:00އާ ދެމެދު ނުކުރުމަށްވެސް އަންގާފައެވެ. އަދި ފްލެޓް އާއްމު ސަރަހައްދުތަކުގައި މަސައްކަތް ނުކުރުމަށާއި، މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ވަގުތުން އުކާލުމަށްވެސް އެޗްޑީސީން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު