މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ހިދުމަތް މިމަހުގެ 16 ވަނަ ދުވަހު ފަށާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތިދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެކަމަށެވެ. އަދި 16 ވަނަ ދުވަހު ބަގީގެ ހިދުމަތް ފަށާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
"އިންޝާ ﷲ. އޭގެ 1 ހަފްތާ ފަހުން، 16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދްމަތް އިންޝާ ﷲ ފެށޭނެ.ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ.(ޕްރައިވެޓް ހަޔަރ ފިޔަވާ)" މުއިއްޒު ވިދާޅުވިއެވެ.
ފިތުރު އީދުގެ ފަހުން އަގު ނެގިނަމަވެސް ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ.
އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:
. 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
. 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
. 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާއެވެ.
މީގެއިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.

ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ އިންޝާ ﷲ. އޭގެ 1 ހަފްތާ ފަހުން،16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދްމަތް އިންޝާ ﷲ ފެށޭނެ.ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ.(ޕްރައިވެޓް ހަޔަރ ފިޔަވާ) pic.twitter.com/LoYF31LqXQ
— Dr Mohamed Muizzu (@MMuizzu) March 7, 2023
ފިތުރު އީދުގެ ފަހުން އަގު ނެގިނަމަވެސް ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ.
އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:
. 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
. 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
. 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާއެވެ.
މީގެއިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު