އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމޭއިރު ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެކަމަށް އާރުޑީސީން ބުނެފިއެވެ.
އާރުޑީސީން މިހެން ބުނެފައި މިވަނީ އަމީނީ މަގުގައި ތާރު އަޅާފައިވާ ސަރަހައްދުގައި ފެން ބޮޑުވުމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދިއުމަށް ޖަވާބުދާރީވަމުންނެވެ. އެގޮތުން އިއްޔެ މާލެއަށް ވެހުނު ވާރޭގައި އަމީނީ މަގުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުވެސް ކިޔާފައެވެ.
އަމީނީ މަގުގައި ފެންބޮޑުވި މައްސަލައާ ގުޅިގެން އާރުޑީސީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން، ފެންބޮޑުވުމުގެ މައްސަލައެއް ކުރިމަތިނުވާނެކަމަށެވެ. އެގޮތުން މެދުނުކެނޑި ބޯކޮށް ވާރޭވެހޭ ދުވަހެއްގައި އެ މަގުގައި ފެންބޮޑުވިޔަސް، ވާރޭ ހުއްޓާލާއިރަށް ފެންގަނޑު ވަރަށް އަވަހަށް ހިނދޭނެ ކަމަށް އާރުޑީސީން ބުނެއެވެ.
އާރުޑީސީން ބުނީ މަގުގެ މަސައްކަތް ނިމޭއިރު ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރެވި އާ ޕަންޕުތައް ވެސް ބަހައްޓާނެކަމަށެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.

— Hassan Kurusee (@HKurusee) March 6, 2023

ކިޔުންތެރިންގެ ހިޔާލު