އަލިފާން ރޯވި ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
މ. ތުވަރު ކައިރިން މާލެއަށް ދަތުރުކުރަމުންދިޔަ "އާގަލާ" ނަމަކަށް ކިޔާ މާލެ ދަތުރުކުރާ ބޯޓެއްގައި ރޯވެ، އެ ބޯޓުގައި ތިބި 15 މީހުން ވަނީ ކަނޑުވެފައެވެ.
މި ހާދިސާގައި ބޯޓުގައި ތިބި 15 މީހުންގެ ތެރެއިން އިންޑިއާ މީހަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ބުނީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން، ކަނޑާއި ވައިގެ މަގުން 332.35 ކިލޯމީޓަރުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އޭނާ ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމަށް މިއަދުވެސް މަސައްކަތް ކުރިއަށްދާކަމަށެވެ.
އަލިފާން ރޯވި އާގަލާ ބޯޓު ވަނީ އެ ހާދިސާގައި އަޑިއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު