ރާއްޖޭގެ ކަންކަން ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކުރިއަށް ގެންދަން ބޭނުންވާނަމަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނުފޫޒުން އަދުލްއިންސާފު ޤާއިމްކުރުމުގެ ދާއިރާ މިނިވަންކުރަންޖެހޭކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހިނގާ ނިޒާމެއް އޮންނަ ޤައުމެއް ނޫންކަމަށާއި، މިއީ ބަޔަކު މީހުން ނާޖާއިޒު ފައިދާތަކެއް ނަގަން މަގުފަހިވާ ގޮތަށް ހިންގާ ނިޒާމެއް އޮންނަ ގައުމެއް ކަމަށެވެ.
ޝަހީދު އިތުރަށް ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނުފޫޒާއި ކޮންޓްރޯލުން އަދުލް އިންސާފު ޤާއިމްކުރުމުގެ ދާއިރާ މިިނިވަންކުރަންޖެހޭކަމަށެވެ.
ޝަހީދު ވިދާޅުވީ ރަނގަޅު، ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަރުހަލާ ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށްގެންދަންޖެހޭ ކަމަށެވެ. އަދި ސިޔާސީ މަޤާމުތައް މަދުކޮށް، ޤާތް މީހުންނަށް ވަޒީފާ ދިނުން ހުއްޓާލަންޖެހޭ ކަމަށްވެސް އދ ގައި ގިނަދުވަސް ތަކެއް ވަންދެން މަސައްކަތް ކުރެއްވި ޑރ. ޝަހީދު ވިދާޅުވިއެވެ.
ޖުޑީޝަރީ އިސްލާހުކުރަންޖެހޭ ކަމަށް ޑރ. ޝަހީދު ވިދާޅުވިއިރު، ރާއްޖޭގައި އަދިވެސް އަދުލްއިންސާފުގެ ދާއިރާ ހަރުދަނާ ނުވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި މައްސަލަތައް ނިންމުން ލަސްކަމުގެ ޝަކުވާ އަބަދުވެސް އިވެއެވެ.
ސަރުކާރުން ބުނާގޮތުން ޖުޑީޝަރީ އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނަށް ވަނީ އިސްލާހުވެސް ހުށަހަޅާފައެވެ.

The judiciary needs to be made independent—freed from control & manipulation by the Judicial Services Commission. The appointment process of judges has to become more transparent & accountable. Parliament & political appointees must be reduced in size & pay! And no nepotism!
— Ahmed Shaheed (@ahmedshaheed) March 6, 2023
ޖުޑީޝަރީ އިސްލާހުކުރަންޖެހޭ ކަމަށް ޑރ. ޝަހީދު ވިދާޅުވިއިރު، ރާއްޖޭގައި އަދިވެސް އަދުލްއިންސާފުގެ ދާއިރާ ހަރުދަނާ ނުވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި މައްސަލަތައް ނިންމުން ލަސްކަމުގެ ޝަކުވާ އަބަދުވެސް އިވެއެވެ.
ސަރުކާރުން ބުނާގޮތުން ޖުޑީޝަރީ އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނަށް ވަނީ އިސްލާހުވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު