ސަރުކާރުގެ ފްލައިން ސްކޫލު, މޯލްޑިވްސް އޭވިއޭޝަން އެކެޑެމީން ފުރަތަމަ ފަހަރަށް ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަކީ ކުރީ ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން ހިންގި ފްލައިންގ ސްކޫލްގެ ބަދަލުގައި ސަރުކާރުގެ ހިއްސާވާ ގޮތަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ހިންގާ އެކެޑަމީއެކެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑެމީން ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން ފަށާފައިވާއިރު މިއީ ރާއްޖޭގެ އެކެޑަމީއަކުން ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.



މޯލްޑިވްސް އޭވިއޭޝަން އެކެޑެމީން ފުރަތަމަ ފަހަރަށް ސްޓިމިއުލޭޓަރ ފްލައިޓް ޓްރެއިނިންގައި 5 ދަރިވަރުން ބައިވެރިވެއެވެ.

މިތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ދަރިވަރުން ޕައިލެޓުންނަށް ވުމުގެ ކުރިން ސްޓިމިއުލޭޓަރގައި ފުރިހަމަކުރަންޖެހޭ ގަޑިތައް ފުރިހަމަކުރުމަށްކަމަށްވާއިރު މިޕްރޮގްރާމްގެ ދަށުން ޕައިލެޓުންނަށްވުމުގެ ކުރިން ސްޓިމިއުލެޓަރގައި 3 ގަޑިއިރު ފުރިހަމަކުރަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު