ރޭ ދަންވަރު އަލިފާން ރޯވެ އަޑިއަށްދިޔަ "އާގަލާ" ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
ރޭ ދަންވަރު އަލިފާން ރޯވެ އަޑިއަށްދިޔަ "އާގަލާ"ބޯޓަކީ މ.ތުވަރު ކައިރިން މާލެއަށް 15 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެކެވެ. އަލިފާން ރޯވުމާއެކު އޭގެތެރޭގައި ތިބި މީހުން ކަނޑަށް ފުންމާލާފައިވާއިރު، އޭގެތެރެއިން އެކަކު ވަނީ ގެއްލިފައެވެ. އަދި އެބޯޓު ވަނީ އަޑިއަށްވެސް ގޮސްފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިންގައި އެނދުމުގެ ސަބަބުން، މ.ތުވަރުގެ ހުޅަނގުން، ރޭ އަޑިއަށްދިޔަ "އާގަލާ" ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި މި ބޯޓުން ފެންމައްޗަށް އެރި ތަކެތި އޮޔާ ދަނީ މ.އަތޮޅުކައިރިން އުތުރަށްކަމަށާއި ވީމާ މިސަރަހައްދުން ދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ. އަދި ރޭގަނޑު މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ބޯޓުގައި އަލިފާން ރޯވިއިރު ބޯޓުގައި ތިިބީ 5 ދިވެހިންނާއި، އިންޑިއާ 5 މީހުންނާއި އަދި ބަންގްލަދޭޝް 5 މީހުންނެވެ. އޭގެތެރެއިން އިންޑިއާ މީހަކު އަދިވެސް ނުފެނެއެވެ.
އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެ ސަރަހައްދުގައި ކުރަމުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 2:47 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު