ރައީސް ޔާމީނަށް ޙުކުމް ކުރި ޤާޒީއަށް މަޤާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން މިހެން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވި އަހުމަދު ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައެވެ.
ބަޔާނުގައި ބުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޙުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ޝަކީލް ހައިކޯޓަށް ޢައްޔަން ކުރުމަށް ނިންމާފައިވާ ނިންމުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.
އަދި ސަރުކާރުން އެކަން އެގޮތަށް ކުރުން އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވުމަށްކަމަށްވެސް ބަޔާނުގައިވެއެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނިކޮށް، ދަށުން ކޯޓުން ޙުކުމް ޖެހި ޤާޒީއަށް މަޤާމުމެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމުގައިވެސް ޤަބޫލުކުރެވެއެވެ. އަދި އެއީ ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައިވެސް ބެލެވޭ." ބަޔާނުގައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި މީގެކުރިން ރައީސް ޔާމީނަށް ހުކުމްކުރި ގާޒީއަކަށްވެސް މަޤާމުގެ ކުރިއެރުން ދީފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
"އެންމެ ފުރަތަމަ ރައީސް ޔާމީނަށް ޙުކުމް ކުރި ޤާޒީ ޢަލީ ރަޝީދަށްވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ވަނީ ލިބިގެން ގޮސްފައި. މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނޭ." ބަޔާނުގައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކޯލިޝަންގެ ލީޑަރ އަދި ޕިޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ "ޙައްޤު ނޫން ޙުކުމް" ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދިޔުމަކީވެސް އެ ކޯލިޝަނުން ކަންބޮޑުވާ މައްސަލައެއްކަމަށް ބުނެފައެވެ. އަދި ރައީސް ޔާމީންގެ މައްސަލައަކީ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށްވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ޤާއިމުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ވަނީ ބަޔާނުގައި ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު