14 ގައުމަކަށް ރާއްޖެއިން ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ނިންމައި، މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ 14 ގައުމަކަށް ރާއްޖެއިން ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމުގެ މައްސަލަ ތަޅުމަށް ހުށަހަޅާފައެވެ.
ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވި ޤައުމުތައް
1- ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް: ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
2- އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު: ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
3- ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ: އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
4- ޖަރމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު: ސާރބިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
5- ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ތަސްމީން ޢަލީ: އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ފިލިޕީންސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
6- މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ޙުސައިންދީދީ: ބުރޫނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
7- އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް: ކަޒަކްސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް؛
ބައެއް ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް، މަޖިލީހުގެ މަޝްވަރާ ހޯއްދަވައި ގޮތެއް ނިނެމްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ސަފީރުން އައްޔަންކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު