އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 7-0ގެ ފަރަގު ބޮޑު ނަތީޖާއަކުން ލިވަރޕޫލް ކާމިޔާބުކޮށްފިއެވެ.

މިމެޗު 7-0ގެ ނަތީޖާއަކުން ލިވަރޕޫލްއިން ކާމިޔާބުކުރުމުން މުޅި ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

ޕްރިމިއާރ ލީގުގެ ތާރީހަށް ބަލާއިރު މިއީ ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުމެއްގެ އެންމެ ބޮޑު ފަރަގު ބޮޑު ނަތީޖާއެވެ. އަނެއްކޮޅުން މިއީ ޔުނައިޓެޑް 7-0 ގެ ނަތީޖާއަކުން ބަލިވި 4 ވަނަ ފަހަރެވެ. އެންމެ ފަހުން އެ ވަރުގެ ފަރަގަކުން ބަލިވީ 1931 ވަނަ އަހަރު ވުލްވްސް އަތުންނެވެ.



މެޗުގައި ލިވަރޕޫލުން 7 ގޯލް ޖެހިއިރު ފުަރަތަމަ ގޯލް ފިޔަވައި ހުރިހާ ގޯލެއް ޖަހާފައިވަނީ ފަހު ހާފްގައެވެ. ލިވަރޕޫލްގެ ގޯލްތަކަށް ބަލާއިރު ކޯޑީ ގަކްޕޯ 2 ގޯލު، ޑަރވިން ނުނިއޭޒް 2 ލަނޑު، މުހައްމަދު ސަލާހު 2 ލަނޑު އަދި ރޮބާޓޯ ފިރްމީނޯ ވަނީ 1 ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ލިވަރޕޫލް އޮތީ ތާވަލްގެ 5 ވަނައިގައި 42 ޕޮއިންޓާ އެކުއެވެ. ބަލިވި މެންޗެސްޓަރ އޮތީ 3 ވަނައިގައި 49 ޕޮއިންޓާ އެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން