އައްޑޫގެ ރައްޔިތުންނަށް ހުވަފެންނުދައްކާ ސަރުކާރެއް ނެތްކަމަށް ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިހެން ވިދާޅުވީ އައްޑޫއަށް ސިޓީއެއްގެ ދަރަޖައެއް ދިން ނަމަވެސް ސިޓީގެ ދަރަޖައާއެކު އަންނަންޖެހޭ އުމްރާނީ ތަރައްޤީ އައްޑޫއަށް އައިސްފައިނުވާކަމަށާއި މި ސަރުކާރުން އައްޑޫ ތަރައްޤީކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވުމުންނެވެ.

ފައްޔާޒު މިހެން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފައްޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ހުވަފެން ނުދައްކާޕާޓީއެއް ނުވަތަ ސަރުކާރެއް ނެތްކަމަށެވެ. ނަމަވެސް އައްޑޫގެ ރަށްވެއްސަކު ރިޔާސީ ޓިކެޓެއްގައި ހިމަނަން ކެރުނު މީހަކު އަދި ނެތްކަމަށް ޝަހީދު ވިދާޅުވިއެވެ.



ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީއަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތްނަމަވެސް އެ ސިޓީ ތަރައްޤީކޮށްފައި ނުވާކަަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ދެނެގަނެ ދެކުނުގެ އިޤްތިޞާދީ މައިހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރަމުންދާކަން މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި ހިންގާ އުމްރާނީ މަޝްރޫޢުތަކާއެކު ތަރައްޤީގެ ރޮނގުން އެތައް ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢާއެކު 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު