މިއަހަރުވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ މިއަހަރުވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ސައުދީ ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް އަންނަނީ ކަދުރު ހަދިޔާ ކުރަމުންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން ހަދިޔާ ކުރާ ކަދުރު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވެނީ ރަމަޞާންމަހު ފެށޭ ހިސާބުގައިކަމަށެވެ. އަދި ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ލިސްޓުގައި ތިބި މީހުންނަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު