ގާސިމާއި ނުލައި ސަރުކާރުތަކަކަށް ކުރިއަކަށް ނުދެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގަކީ އެންމެފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ 4 ވަނަ ކޮންގްރެސްގައި އެ ޕާޓީގެ ކައުންސިލަށް އިންތިހާބުކުރި މެމްބަރަކެކެވެ.
ފިރާގު ވިދާޅުވީ ކިތަންމެ މަޒާޖީ ގޮތަކަށް ވާހަކަ ދެއްކިޔަސް، ގާސިމް އިބްރާހިމާއި ނުލައި ކުރިއަަށް އޮތް ތަނުގައިވެސް އެއްވެސް ސަރުކާރަކަށް ކުރިއަށް ނުދެވޭނެކަމަށެވެ.
ފިރާގު މީގެކުރިން ވަނީ ރާއްޖެ މިހާރު އޮތް ހާލަތުން ގައުމު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްކަމަށް ވިދާޅުވެފައެވެ.
ފިރާގު ވިދާޅުވީ އޭނާ ގަބޫލުކުރަށްވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާއި ސިޔާސީ އުދަރެހުން ފެންނަ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރުގެ ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ގާސިމަށް ކަމަށެވެ. އަދި ގާސިމަކީ އެފަދަ ދެވަނައެއް ނެތް ބޭފުޅެއް ކަމަށް ފިރާގު ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ގިރިއަކަށް ފަރަކަށް ނާރުވާނެ،" އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ހުރިހާ ސަރުކާރެއް ވެސް ވެެރިކަމަށް ގެނައުމުގައި އިސްދައުރެެއް އަދާކުރަށްވާފައިވާ ގާސިމަަށް އިޝާރަތް ކުރަށްވަމުން ފިރާގު ވިދާޅުވިއެވެ.
ފިރާގު މީގެ ކުރިން ވެސް ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. އެގޮތުން ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

Kithamme mazeejee gothah vaahaka dhekiyas Hama bunalan other HON Gasim aai nulaa kuriah oith dhuvas thakugai sarukaarah, sarukaaruthakah kuria adhi nudheveyney.
— Mohamed Firaq (@mohamedfiraq) March 4, 2023
ފިރާގު މީގެކުރިން ވަނީ ރާއްޖެ މިހާރު އޮތް ހާލަތުން ގައުމު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްކަމަށް ވިދާޅުވެފައެވެ.
ފިރާގު ވިދާޅުވީ އޭނާ ގަބޫލުކުރަށްވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާއި ސިޔާސީ އުދަރެހުން ފެންނަ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރުގެ ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ގާސިމަށް ކަމަށެވެ. އަދި ގާސިމަކީ އެފަދަ ދެވަނައެއް ނެތް ބޭފުޅެއް ކަމަށް ފިރާގު ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ގިރިއަކަށް ފަރަކަށް ނާރުވާނެ،" އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ހުރިހާ ސަރުކާރެއް ވެސް ވެެރިކަމަށް ގެނައުމުގައި އިސްދައުރެެއް އަދާކުރަށްވާފައިވާ ގާސިމަަށް އިޝާރަތް ކުރަށްވަމުން ފިރާގު ވިދާޅުވިއެވެ.
ފިރާގު މީގެ ކުރިން ވެސް ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. އެގޮތުން ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު