އދ.ގެ ސެކްރެޓަރީ ޖެނެރަލާއެކު މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ގަތަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާ ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ސާލިހު ވިދާޅުވީ ގަތަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރެެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. އަދި މިބައްދަލުވުމުގައި އދ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައިސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ބައިނަލްއަގްވާމީ މުޖްތަމައުަގައި ހުރި ކަންބޮޑުވުންތައް ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރެއްވިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އދ އާއި އދ.ގެ އެޖެންސީތަކުގެ ދައުރާއި އެހީތެރިކަމުގެ މައްޗަށްވެސް ވަނީ ބައްލާވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޤަޠަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤަޠަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މިދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނު ވިލާތަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

I had the pleasure of meeting UN Secretary-General @antonioguterres today in Doha. We discussed strengthening the Maldives -UN partnership and redoubling our efforts to address pressing global issues especially in the areas of climate change, human rights and democracy. pic.twitter.com/kmDQplsKl4
— Ibrahim Mohamed Solih (@ibusolih) March 4, 2023
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޤަޠަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤަޠަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މިދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނު ވިލާތަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު