ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއާއިއޭއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމުގެ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތަޢާރަފްކުރި "ބިނާރު" ކެމްޕެއިން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ރާއްޖޭގެ އަމާންކަމާއި ގުޅިފައިވާ ކަމެއްކަމަށެވެ.
އަދި އެއީ ޤައުމުގެ، އިޤްތިޞާދާއިވެސް ގުޅިފައިވާކަމެއްކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަކީ ހުރިހާ މުދަލެއްވެސް އިމްޕޯޓްކުރާ އަދި ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވުމާއެކު އެހުރިހާ ސިނާޢަތެއް ކުރިއަރައި ދިޔުމުގައިވެސް ވީއައިއޭގެ ދައުރު ބޮޑުކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައި އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު ކުރަންޖެހޭ މަސައްކަތް އިތުރުކަން ފާހަގަކުރެއްވިއެވެ.
"މިއީ ރާއްޖެ، ބޭރު ދުނިޔެއާއި ގުޅުވައިދޭ މައިދޮރާށި. ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައިވެސް، އަޅުގަނޑުމެންނަށް ބޭނުންވާ އެކިއެކި އެހީ އަވަހަށް ހޯދުމުގައި ވީއައިއޭގެ ދައުރަކީ، އިތުރު އެހެން ބަޔަކަށް އަދާކުރެވޭނެ ދައުރެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލް މެނޭޖިންގ ޑިރެކްޓަރ މަޙްޖޫބް ޝުޖާއު ވިދާޅުވީ އެއަރޕޯޓަށް އަންނަމުންދާ ބަދަލުތަކާއެކު ކުރަންޖެހޭ މަސައްކަތްތައްވެސް އިތުރުވެފައިވާކަމަށެވެ.
"އަންނަމުންދާ ބަދަލުތަކާއެކު އެއަރޕޯޓުގެ ސަރވައިލެންސް، އެކްސެސް އަދި އޮޕަރޭޝަންސް ހަރުދަނާކުރުމަށްޓަކައި އައު ޓެކްނޮލޮޖީއާއި އައު އާލާތްތައް ބޭނުންކުރުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން" ސީއީއޯ ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ތަޢާރަފްކުރި "ބިނާރު" ކެމްޕެއިނަކީ އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުންނާއި ވީއައިއޭގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތެއްވެސް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު