ވައިކަރަދޫގެ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރަން މިއަދު ބޭއްވި ބައި އިލެކްޝަންތައް އެމްޑީޕީއާއި އަދާލަތުން ކާމިޔާބުކޮށްފިއެވެ.

މިއަދު ބާއްވާފައިވަނީ ހދ. ވައިކަރަދޫ ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑިއަށް މީހަކު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަނާއި ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީން ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމުގެ ބައި އިލެކްޝަނެވެ.

އަންހެން ކައުންސިލަރުގެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަން ބޭއްވި ބައި-އިލެކްޝަންގައި ވާދަކޮށްފައިވަނީ އެމްޑީޕީ އާއި އަދާލަތުގެ ކެނޑިޑޭޓެކެވެ.



އެމްޑީޕީ އާއި އަދާލަތު ޕާޓީން ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިޒުނާއަށް ލިބުނީ 283 ވޯޓެވެ. އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ނަޒުލާއަށް ލިބުނީ 258 ވޯޓެވެ. ކުރިންވެސް އެ ގޮނޑި ފުރީ އެމްޑީޕީގެ މެންބަރެއްކަން ފާހަގަކޮށްލެވެއެވެ.



މިއަދު ބޭއްވި ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަކޮށް ކާމިޔާބުކުރީ އަދާލަތުގެ ކެނޑިޑޭޓެވެ. އެ ގޮނޑި އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ޒުނައިނާ ކާމިޔާބުކުރީ 376 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރަމްޒިއްޔާ އިބްރާހީމަށް ލިބުނީ 163 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު