ތުރުކީއާއި ސޫރިޔާއަށް މިދިޔަމަހު އައި ބާރުގަަދަ ބިން ހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފޮނުވަން ރާއްޖެއިން ނިންމާފައިވާ 1 މިލިއަން މަސް ދަޅު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ތުރުކީއަށާއި ސީރިއާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ތުރުކީއަށާއި، ސީރިއާއަށް އެއް މިލިއަން ކަނޑު މަސްދަޅު (ކޮންމެ ޤައުމަކަށް ފަސް ލައްކަ) ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަމަހުގެ 10 ވަނަ ދުވަހުއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ތުރުކީއަށް ފޮނުވުމަށް ހަމަޖެހިފައިވާ 500000 މަސް ދަޅުގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާލާފައިވާކަމަށެވެ. އަދި 5 ޝިޕްމަންޓަކަށް ބަހާލައިގެން މި މަސްދަޅުތައް ފޮނުވާއިރު، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަސް ދަޅުތައް ފޮނުވާ ނިންމާލެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި މަސް ދަޅުތައް ހަވާލުކޮށްދެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ. ރާއްޖެއިން ތުރުކީއަށް ފޮނުވާ މަސް ދަޅުތައް އެ ޤައުމަށް ގެންދަނީ ޓަރކިޝް އެއަރލައިނުންނެވެ.
ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިން ހެލުމުގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، އެދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތުރުކީއާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ.

Government of Maldives dispatches humanitarian aid to Türkiye
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 4, 2023
📃 Press Release | https://t.co/1bEMSizO2i pic.twitter.com/tPWTS6VCfD
ފޮރިން މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ތުރުކީއަށް ފޮނުވުމަށް ހަމަޖެހިފައިވާ 500000 މަސް ދަޅުގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާލާފައިވާކަމަށެވެ. އަދި 5 ޝިޕްމަންޓަކަށް ބަހާލައިގެން މި މަސްދަޅުތައް ފޮނުވާއިރު، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަސް ދަޅުތައް ފޮނުވާ ނިންމާލެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި މަސް ދަޅުތައް ހަވާލުކޮށްދެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ. ރާއްޖެއިން ތުރުކީއަށް ފޮނުވާ މަސް ދަޅުތައް އެ ޤައުމަށް ގެންދަނީ ޓަރކިޝް އެއަރލައިނުންނެވެ.
ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިން ހެލުމުގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، އެދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތުރުކީއާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު