މާލެ ސިޓީ ކައުންސިލުން އަމަލުކުރަމުންދަނީ އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ފާޅުކުރި ކަންބޮޑުވުންތަކަށް ސިޓީ ކައުންސިލުން ރައްދު ދީފިއެވެ.
ސިޓީ ކައުންސިލުން ނަހުލާއަށް ރައްދު ދީ ބަޔާނެއް ނެރެފައި މިވަނީ ސިޓީ ކައުންސިލުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަށްވައި ނަހުލާ ނެރުނު ބަޔާނަކާއި ގުޅިގެނެެވެ.
ނަހުލާގެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުން އޭނާގެ މަސްއޫލިއްޔަތުތަކަށް ހުރަސް އަޅާކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައިވެސް ވިލިމާލެއާ ބެހޭގޮތުން އަމާޒުވި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތުވެސް އޭނާއަށް ދީފައިނުވާކަން ފާހަގަކުރަށްވާފައި ވެއެވެ.
ނަހުލާގެ ބަޔާނުގައި ވަނީ އާންމުން ބައެއް ސުވާލުތައް ކުރި ވަގުތު މައިކުގެ އަޑު ކަނޑާލާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ހަގީގަތާއި ހިލާފު މައުލޫމާތުވެސް ރައްޔިތުންނަށް ދިންކަމަށް ނަހުލާ ތުހުމަތުކުރެއްވިއެވެ.
މިކަންކަމުގެ އިތުރުން ކައުންސިލްގެ ޖަލްސާއަށް ގެނައުމެއް ނެތި ބައެއް ކަންކަން ކައުންސިލުގެ ތެރެއިން ނިންމަމުންދާކަމަށްވެސް ނަހުލާގެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައިވާ ގޮތުން ރެޑްވޭވަށް ވިލިމާލެއިން ބިމެއް ދޭން އެއްބަސްވުމެއް ހަދާފައިވާ ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިޔަސް އެކަން އެގޮތަށް ނިންމުމުގައި ނަހުލާގެ ބައިވެރިވުމެއް ނެތްކަމަށެވެ. އަދި އެ ކަމުގައި ކައުންސިލްގެ މަޝްވަރާއަށް މިހާތަނަށް އައިސްފައިނުވާކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ނަމަވެސް ސިޓީ ކައުންސިލުން ވަނީ ނަހުލާގެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނީ ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީ އެފަދަ ކަންކަން ކުރުމަށް އޮންނަ އުޞޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ ކައުންސިލުގެ ބިޑުކޮމެޓީން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
އަދި އެކަމާއިބެހޭ ބައްދަލުވުންތަކުގައި ވެސް ވިލިމާލޭގެ ކައުންސިލަރު ހާޒިރުވެ ބަހުސްގައި ބައިވެރިވެ މި ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވިލިމާލޭގައި ހިންގާ މަޝްރޫއުތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލުތަކުގައި ކަންހިނގާފައިވާގޮތް އޮޅުންއަރާފައިވާތީ، އެކަން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ނެރޭ ނޫސްބަޔާން. pic.twitter.com/jab6Qz9v3S
— Male' City Council (@MaleCitymv) March 4, 2023
ނަމަވެސް ސިޓީ ކައުންސިލުން ވަނީ ނަހުލާގެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނީ ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީ އެފަދަ ކަންކަން ކުރުމަށް އޮންނަ އުޞޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ ކައުންސިލުގެ ބިޑުކޮމެޓީން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
އަދި އެކަމާއިބެހޭ ބައްދަލުވުންތަކުގައި ވެސް ވިލިމާލޭގެ ކައުންސިލަރު ހާޒިރުވެ ބަހުސްގައި ބައިވެރިވެ މި ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު