ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެ މުހިއްމީ ފަންނީ ގާބިލު ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުންކަމަށާއި ސަރުކާރުން މަސައްކަތްތެރިންނަށް ޚާއްސަ ސަމާލުކަމެއް ދޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބޭއްވި ސްކިލްޑް ސަރޓިފިކޭޓް އެވަރޑީން ސަރމަނީ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި އެމްއައިޓީއަކީ ވަރަށް ޚާއްސަ ބައިވެރިއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިދިޔަ ހަފްތާގައި ރާއްޖޭގެ ސަރުކާރުގައި ހުރި ހަމައެކަނި ޓިވެޓްގެ ތައުލީމު ފޯރުކޮށްދޭ މުވައްސަސާ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަވެސް މިވަނީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑުތަނުން ބޮޑުކޮށްދެއްވާފައި. އެހެންވީމަ މީގެއިން މި ދައްކުވައިދެނީ މި ދާއިރާއަށް ސަރުކާރުންދޭ އިސްކަމާއި ސަމާލުކަން." މިނިސްޓަރ ވިދާޅުވިއެވެ.
ދާދިއަވަހަށް ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި ޑިގްރީފެންވަރަށް އެދާއިރާއިން ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިބްރާހީމް ހަސަން ވިދާޅުވީ މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ދުވަހީ ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއްކަމަށާއި މެތަމެޓިކްސްއާއި ސައިންސާއި ފިޒިކްސްގެ މައްޗަށް ބިނާވެފައި އޮންނަ ތައުލީމެއް ކަމަށެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދޭންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އާދެ އަޅުގަނޑުގެ ވިސްނުން ހުރީވެސް އެދިމާލަށްކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުން." މިނިސްޓަރ ވިދާޅުވިއެވެ.
މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހުތިރާމް ބޮޑުވާން ޖެހޭ ކަމަށާއި އެކަން ފުރިހަމައަށް ކުރެވޭނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު