ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެކަމަށާއި އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވަމުންދާ ތަރައްޤީ ގިނަ ރައްޔިތުން ބަލައިގަންނަކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައެވެ. ޝާހިދުގެ ވާހަކަފުޅުގައި ވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުމާއި އެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ލިބެމުންދާ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޝާހިދު ވިދާޅުވީ އިންޑިއާގެ އެހީގައި ދަނީ ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވެމުންކަމަށާއި އޭގެތެރޭގައި އުމްރާނީ ގޮތުން ވަރަށް ބޮޑެތި މަޝްރޫޢުތަކާއި ކުދި މަޝްރޫއުތައްވެސް ހިމެނޭކަމަށެވެ. ޝާހިދު ވިދާޅުވީ ކޯވިޑްގެ ތެރޭގައިވެސް އަދި އޭގެ ފަހުންވެސް އެކި ގޮތްގޮތުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިއީ ބޮޑު ޤައުމަކާއި ކުޑަ ޤައުމެއް ގުޅިގެން މަސައްކަތް ކުރެވޭނެކަމުގެ މިސާލެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު އޮތްކަމަށް ބުނާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އެހީ ދެނީ ދެ ފުށް ފެންނަ ގޮތަކަށްކަމަށާއި އޭގެ ތަފްސީލްތައް ފެންނަން ހުންނާނެކަމަށެވެ. އަދި ރާއްޖެއިން ދަނީ ބަރާބަރަށް ދަރަނި ދައްކަމުންކަމަށާއި އެކަމުގައި އެއްވެސް ދައްޗެއް ނެތްކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ތަރައްޤީއަށް ކުރާ މަސައްކަތްތަކަކީ ހަމައެކަނި ވަކި ބަޔަކަށް ނުވަތަ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކެއް ނޫންކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ ހުރިހާ ރައްޔިޔުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ސާލިހު ރާއްޖެއަށް ގެނެސްދެމުންދާ ތަރައްޤީ ގިނަ ދިވެހި ރައްޔިތުން ބަލައިގަންނަކަމަށެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވޭނެކަން ޔަގީންކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންނަށް ދައްކާނެ މާ ހަރުދަނާ ސިޔާސަތުތަކެއް ނެތްކަމަށެވެ. އަދި އިންޑީއާ އައުޓް ފަދަ ނަފްރަތު އުފެދޭ ހަރަކާތްތައް ހިންގަނީ ރަނގަޅު ސިޔާސަތުތަކެއް ނެތުމުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ރައިސީނާ ޑައެލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބައެއް އިސް އޮފިޝަލުންނާއިވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު