ރިޔާސީ އިންތިޚާބާއި ގުޅޭކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ލަފާ ދޭ ކޮމެޓީ މިމަހު އެކުލަވާލާނެ ކަމަށް އެކޮމިޝަން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ލަފާ ދޭ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ 15 ގެ ފަހުން ނުވަތަ މަހުގެ ފަހުކޮޅު އިންތިޚާބަށް ލަފާދޭ ކޮމެޓީ އެކުލަވާލައި އެކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ ނިންމުންތައް ނިންމާނީ އެކޮމެޓީގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބަށް ލަފާދޭ ކޮމެޓީ އަކީ، އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީއެކެވެ. ރިޔާސީ އިންތިޚާބާ ބެހޭ ކަންކަމުގައި އީސީއަށް ލަފާ ދޭނީ އެ ކޮމެޓީންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެންބަރ މަހުގެ 30 ވަނަ ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް 90 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.
މިހާތަނަށް މިއިންތިޚާބުގައި ވާދަކުރަން ކެންޑިޑޭޓުން ކަނޑައަޅާފައިވަނީ މިހާރުގެ ސަރުކާރުގައި ހިމެނޭ މައިޕާޓީ، އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމާއި ހުސްވި އަހަރު އަލަށް އުފެއްދި އެމްއެންޕީންނެވެ.
އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމުގައި ނިންމާފައި ވީނަމަވެސް ޔާމީން މިހާރު ތަންފީޒު ކުރަށްވަމުން ގެންދަވާ ފަސް އަހަރުގެ ޖަލުހުކުމާއި އަދި މިހާރު ދައުވާ އުފުލާފައިވާ އިތުރު މައްސަލަތަކާއި ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު