ސްޕެނިޝް ކޮޕަ ޑެލްރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގް، ރެއާލް ބަލިކޮށް ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
މެޑްރިޑްގެ އަމިއްލަ ދަނޑު ސެންޓިއާގޯ ބަރނަބޭގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޑްރިޑުން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުނަމަވެސް ބާސާގެ ގޯލް ފޫ އަޅުވާލާނެ ފުރުސަތެއް ބާސާގެ ޑިފެންޑަރުން ދީފައެއް ނުވެއެވެ. އަދި ބާސާގެ ފަރާތުން އެޓޭކިންގ މާ މޮޅު ކުޅުމެއް ނުފެނުނުއިރު، މެޗުގެ ހަމައެކަނި ގޯލަކީ ފުރަތަމަ ހާފްގައި މެޑްރިޑްގެ ޑިފެންޑަރެއް ބައި ކޮޅަށް ޖެހި ގޯލެކެވެ.
މެޗުގައި ބާސާގެ ޑިފެންޑަރުން މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުގެ ފޯވަޑުންގެ ކިބައިން މާ މޮޅު ކުޅުމެއް ނުފެނެއެވެ. އަދި މެޑްރިޑްގެ މޮޅެތި ފޯވަޑުންނަށްވެސް ބާސާގެ ގޯލާ އަމާޒުކޮށް ޝޮޓެއްވެސް ހެދިފައެއް ނުވެއެވެ.
މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގް އޮންނަނީ އަންނަމަހުގެ 5 ވަނަ ދުވަހު ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ދަނޑުގައެވެ. އެ މެޗު އެއްވަރުކޮށްލައިގެންވެސް ބާސާއަށް ފައިނަލަށް ދެވޭނެއެވެ. ނަމަވެސް މެޑްރިޑަށް ފައިނަލަށް ދެވޭނީ ބާސާގެ މައްޗަށް ކުރި ހޯދައިގެނެވެ.
ބާސާއާއި މެޑްރިޑުގެ ތެރެއިން ފައިނަލަށް ދަތުރުކުރާ ޓީމެއް ވާދަކުރާނީ އޮސަސޫނާއާއި ބިލްބާއޯއާ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ.
ކޮޕަ ޑެލްރޭގެ ފައިނަލް އޮންނާނީ އަންނަ މޭމަހުގެ 6 ވަނަ ދުވަހު ސްޕެއިންގެ ސެވިއްޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު