ސިޔާސީ ގޮތުން ވަކިން މަސައްކަތްކުރެއްވިނަމަވެސް ޣައްސާން މައުމޫނާއި އެއްވެސް މައްސަލައެއް ނެތްކަމަށާއި، ގުޅުން ވަރަށް ރަނގަޅުކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް އާއި ޣައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ބޭފުޅުންނެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ކަންކަމާއި ގުޅިގެން ދެ ބޭފުޅުން ސިޔާސީ މަސައްކަތުގައި އެއްކޮށެއް ނޫޅުއްވައެވެ.
ފާރިސް މަސައްކަތް ކުރައްވަނީ ބައްޕާފުޅު ރައީސް މައުމޫނާއެކު އެމްއާރުއެމްގައެވެ. އަދި ޣައްސާން މަސައްކަތް ކުރައްވަނީ ބޮޑުބޭބޭފުޅު ރައީސް ޔާމީނާއެކު ޕީޕީއެމްގައެވެ.
މީޑިއާއަކަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިއުއެއްގައި ފާރިސް މައުމޫން ވަނީ އޭނާއާއި ޣައްސާންއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފާރިސް ވިދާޅުވީ އޭނާއާއި ޣައްސާނާއި ދެމީހުންގެ ގުޅުން ވަރަށް ރަނގަޅުކަމަށެވެ.
"އަޅުގަނޑުމެންގެ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު އާއިލީގޮތުން. އަޅުގަނޑަކީ ޣައްސާންގެ ބޭބޭގެ ހައިސިއްޔަތުން ޒިންމާތަކެއްވެސް އޮތް މީހެއް. އެހެންވީމަ އެކަމުގައި އަޅުގަނޑުމެންގެ ގުޅުން ވަރަށް ރަނގަޅު." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވަނީ ޣައްސާނާއި އޭނާއާ ސިޔާސީ ފިކުރު ތަފާތުކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް އެކަން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"ނަމަވެސް ސިޔާސީ ފިކުރު ތަފާތުކަމަށް ވިދާޅުވާ ބަހުގެ މާނައެއް ނޭނގޭ. އަޅުގަނޑުވެސް ގަބޫލުކުރަން ޣައްސާނަކީ ގައުމަށް އިހުލާސްތެރި އިސްލާމްދީންދެކެ ލޯބިވާ ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ މީހެއްކަން. އަޅުގަނޑަކީވެސް އިރާދަކުރެއްވިއްޔާ އެކަހަލަ މީހެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ ސިޔާސީގޮތުން ވަކި ޕާޓީއެއްގައި ހުރުމަކީ ފިކުރު ތަފާތުވުންކަމަށް އަޅުގަނޑަށް މާނައެއް ނުކުރެވޭ." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނައިން ތަފާތު ފިކުރުތަކެއްގެ ވާހަކަ ދައްކާކަމަށެވެ. އެހެންނަމަވެސް ސިޔާސަތުތަކަށް ބަލާއިރުގައި ރައްޖޭގައި މިހިރަ ޕާޓީތަކުގެ މެދުގައި މާބޮޑު ތަފާތެއް ނެތްކަމަށް ފާރިސް ވިދާޅުވިއެވެ.
"ސިޔާސަތުތައް މައިގަނޑު ގޮތެއްގައި އެއްގޮތް. ނަމަވެސް ބައެއް ފަހަރު ބައެއް ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގައި ތަފާތުތަކެއް އެބަހުރި، ވަކި ޕާޓީއެއްގައި ހުރުމަކީ ފިކުރު ތަފާތުވުންކަމަށް ޤަބޫލެއް ނުކުރަން." ފާރިސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރުއެމުން ހަދާނެ ގޮތެއް އަދި ކަށަވަރެއް ނުވެއެވެ. ބައެއް ފަރާތަކުން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ވާދަކުރުމަށްވެސް ގޮވާލަމުންނެވެ. ނަމަވެސް އެކަމަށް ސީދާ ޖަވާބެއް ފާރިސް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު