ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކީ މިހާރު ވެސް ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމުން ވެސް ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫ އެމްޑީޕީގެ ސަޕޯޓަރުންނާ އެކީ ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޯލިޝަންގައި މިހާރު ތިއްބެވި ބޭފުޅުން ގޮތެއް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި އެމްއާރުއެމާއި ޖޭޕީން ވެސް އެމްޑީޕީއާ އެކީ ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ މިކަމުގެ ނަތީޖާއެއް ތިބޭފުޅުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ރޭ ވެސް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާ އަކީ ކޯލިޝަން ކަމަށެވެ. ކޯލިޝަނަކާ ނުލައި އިންތިހާބުގައި އެއް ބުރުން ކާމިޔާބެެއް ނުކުރެވޭނެ ކަމަށާއި ކުރިން ކޯލިޝަން ހެދުމާއި ދެކޮޅަށް ވާހަކަ ދެއްކި ބޭފުޅުން ވެސް މިހާރު ދައްކަނީ ކޯލިޝަންގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.
ތ. ހިރިލަންދޫގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ހިރިލަންދޫއިން އެމްޑީޕީއާ އަލަށް ގުޅުނު 200އަށްވުރެ ގިނަ މެންބަރުންގެ ފޯމު އެޕާޓީއާއި ވަނީ ހަވާލުކޮށްފައެވެ. އެ ފޯމްތަކާއި ހަވާލުވެވަޑަައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.
އެމްޑީޕީއާއި ކޯލިޝަން ހަދަން، މިހާރު ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ނިންމާފައެވެ. އަދި ސަން ސިޔާމްގެ އެމްޑީއޭއިން މިހާރު ވަނީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމާފައެވެ.

ތ.ހިރިލަންދޫގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ތ. ހިރިލަންދޫއިން އެމްޑީޕީއާ އަލަށް ގުޅުނު 200އަށްވުރެ ގިނަ މެންބަރުންގެ ފޯމު ރައީސް @ibusolih، އަދި ޗެއަރޕާސަން @faya_i އާ ހަވާލުކުރުން.#MDPKuriah pic.twitter.com/HNFOXHBPL0
— MDP Secretariat (@MDPSecretariat) March 3, 2023
"އިރާދަކުރެއްވިޔާ މިކަމުގެ ނަތީޖާއެއް ތިބޭފުޅުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ރޭ ވެސް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާ އަކީ ކޯލިޝަން ކަމަށެވެ. ކޯލިޝަނަކާ ނުލައި އިންތިހާބުގައި އެއް ބުރުން ކާމިޔާބެެއް ނުކުރެވޭނެ ކަމަށާއި ކުރިން ކޯލިޝަން ހެދުމާއި ދެކޮޅަށް ވާހަކަ ދެއްކި ބޭފުޅުން ވެސް މިހާރު ދައްކަނީ ކޯލިޝަންގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.
ތ. ހިރިލަންދޫގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ހިރިލަންދޫއިން އެމްޑީޕީއާ އަލަށް ގުޅުނު 200އަށްވުރެ ގިނަ މެންބަރުންގެ ފޯމު އެޕާޓީއާއި ވަނީ ހަވާލުކޮށްފައެވެ. އެ ފޯމްތަކާއި ހަވާލުވެވަޑަައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.
އެމްޑީޕީއާއި ކޯލިޝަން ހަދަން، މިހާރު ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ނިންމާފައެވެ. އަދި ސަން ސިޔާމްގެ އެމްޑީއޭއިން މިހާރު ވަނީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު