ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް 4 މީހަކު ކުރިމަތިލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އިބްރާހިމް ރިޒާ މިދިޔަމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެނެވެ.
އެމްޑީޕީން ވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުގެ 2:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަމަވިއިރު 4 މީހަކު ނަން ހުށަހަޅާފައިވާކަމަށެވެ.
އެއީ؛
މުހައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
އިބްރާހިމް ޝާޒް – ހ. ތާޅަފިލިގެ / މާލެ
އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ
ކެނޑިޑޭޑަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުކަމަށް އެމްޑީޕީން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު