ރާއްޖޭގެ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.
ރާއްޖޭގެ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަން ރައީސް ސާލިހު އިއުލާންކުރެއްވީ މިއަަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ހިރިލަންދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލުތައް އިއުލާންކޮށްދެއްވާފައެވެ. އެގޮތުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މި ގެނެވުނު ބަދަލާއެކު ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް އިތުރުގަޑިއާއެކު ކުރިން 18680 ރުފިޔާ ލިބުނުއިރު، ގެނެވުނު ބަދަލުތަކާއެކު އިތުރު ގަޑިއާ ނުލައި 29900 ރުފިޔާ މިހާރު ލިބޭނެކަމަށެވެ.
މީގެއިތުުރުން ސީނިއާ ލެކްޗަރާގެ މުސާރަ 20831 ރުފިޔާއިން 34000 ރުފިޔާއަށް، އެސިސްޓަންޓް ޕްރޮފެސަރފެ މުސާރަ 23500 ރުފިޔާއިން 39400 ރުފިޔާއަށް، އަދި އެސޯސިއޭޓް ޕްރޮފެސަރގެ މުސާރަ 26000 އިން 45000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
މެނޭޖްމަންޓްގެ ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކަށް ބަލާލާއިރު ޑީންގެ މުސާރަ 30000 ރުފިޔާއިން 38000އަށް، ރަޖިސްޓްރާގެ މުސާރަ 320000 އިން 420000 ރުފިޔާއަށް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 އިން 48000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަށް ބަލާއިރު އެސޯސިއޭޓް ލެޗްޗަރުންނަށް މިހާރު ލިބޭ 14700 ރުފިޔާ އިން 26000 ރުފިޔާއަށް، އަދި ލެކްޗަރުންނަށް ލިބޭ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށް އަދި ސީނިއަރ ލެކްޗަރެއްގެ މުސާރަ 17000 ރުފިޔާއިން 34000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނައިރު އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ސަރުކާރުން މިކަމަށް ހަރަދުކުރައްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު