ތ.ހިރިލަންދޫގައި އިމާރާތްކުރި ފެނަކައިގެ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ.

ހިރިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ އޮފީސް އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ. މި އިމާރާތް ހުޅުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އިމާރާތް ބައްލަވާލައްވާފައެވެ.

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިރިލަންދޫގައި ފެނަކައިގެ އޮފީސް އިމާރާތެއް އަޅާފައި މިވަނީ 13 އަހަރަށްފަހުކަމަށް ފެނަކައިން ބުނެއެވެ. މި އޮފީސް އިމާރާތުގައި ރިސެޕްޝަނާއި ލޮބީއާއި މީޓީންގ ރޫމްއާއި މެނޭޖަރ ރޫމް ހުންނާނެއެވެ. އަދި ޓެކްނިކަލް ސްޓާފް ރޫމްއާއި ރެސްޓް ރޫމް، ޕޭންޓްރީ އަދި ފާޙާނާ ހުންނާނެކަމަށްވެސް ފެނަަކައިން ބުނެއެވެ.



ފެނަކައިން ބުނީ ފެނަަކައިގެ އައު އިމާރާތާއެކު އެތަނުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދު 3 އިން 30 އަށް އިތުރުވާނެކަމަށެވެ.

ފެނަކައިގެ އައު އޮފީހެއް ހިރިލަންދޫގައި ހުޅުވާފައިވާއިރު އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފުޅާކޮށް ކުރިއެެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު