އިންތިހާބާއި ދިމާކޮށް މަޝްރޫޢުތައް ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ތ. ހިރިލަންދޫ ފެނަކަ އައު އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިރިލަންދޫގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިރިލަންދޫއަށް ވަޑައިގަތުމުން ދެންނެވި މަރުހަބާއިން ހާމަވީ މި ރަށުގެ ރައްޔިތުން ތަރައްޤީއަށް ބޭނުންވެފައި ތިބި މިންވަރުކަމަށެވެ. އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާކަން ރައްޔިތުންގެ މަރުހަބާއިން ހާމަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް އެތައް ޒާމަންތަކެއް ވަންދެން ބޭނުންވެފައި ހުރި އަސާސީ ކަންކަން ހުރީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފުރިހަމަނުވެކަމަށެވެ. އެހެންކަމުން ވެރިކަމާއި ހަވާލުވީ އެއްވެސް ރަށެއް ބަކީނުކޮށް، އެ ރަށަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަން ފެނިވަޑައިގަތްކަމަށާއި، އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަންތައްތައްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދެވޭނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ތަރައްގީ ކުރެވިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަދު ޔަގީންވެއްޖެ ތަރައްގީގެ މަސައްކަތް ކުރިއަށްދާނެކަން" ހިރިލަންދޫ ރައްޔިތުން ދެންނެވި މަރުހަބާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ފެނުނީ ކޮންމެ 5 އަަހަރަކުން އަންނަ އިންތިހާބަށް ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާ މަންޒަރުކަމަށެވެ. ނަމަވެސް އެގޮތަށް އެކަންކުރުމުން ރާއްޖެއަށް ލިބެންޖެހޭ ހަގީގީ ތަރައްޤީ އައިސްފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ތަރައްގީ ގެންނަވަނީ އިންތިހާބުތަކާއި ދިމާކޮށް ނޫން ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ވިސްނުންފުޅެއްވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން ނިންމަންވީ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ މަޑުޖެހިގެން ތިބޭނީތޯ" ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ހިރިލަންދޫއަށް ކުރައްވާ މި ދަތުރުފުޅަކީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރަށްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހިރިލަންދޫގެ ބައެއް ތަރައްޤީގެ މަޝްރޫޢުތައްވެސް އިފްތިތާހުކޮށްދެއްވާނެއެވެ.

— The President's Office (@presidencymv) March 2, 2023

ކިޔުންތެރިންގެ ހިޔާލު