ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި ތ.އަތޮޅު ހިރިލަންދޫއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ސާލިހު ހިރިލަންދޫއަށް ކުރައްވާ މި ދަތުރުފުޅަކީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރަށްވާ ދަތުރުފުޅެކެވެ.

ރައީސް ސާލިހު ހިރިލަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެެވެ. އެގޮތުން އެ ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ރައީސް ސާލިހުއަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.

މި ދަތުރުފުޅުގައި ރައީސް ސާލިހު އަރިހުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދުު ނާޝިޒުއާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުރުން ސަރުކާރުގެ ބައެެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ސަރުކާރުން އަންނަނީ ތ.ހިރިލަންދޫ ސްކޫލްގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ޢާއްމު ކޮށްފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި އެރަށުގައި މިވަގުތުވެސް 17 މަޝްރޫޢެއްގެ މަސައްކަތް ދަނީ ހިނގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު