ރާއްޖެއަށް ދޭ ހައްޖު ކޯޓާ 2500އަށް އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން ސައުދީ ސަރުކާރުގައި ރަސްމީކޮށް އެދިއްޖެއެވެ.
ކޮންމެ އަހަރަކުވެސް ހައްޖަށް ދިއުމަށް ސަޢުދީ ސަރުކާރުން ރަސްމީ 1000 ކޯޓާ ރާއްޖެއަށް ދޫކުރެއެވެ. އެގޮތުން މިއަހަރުވެސް ވަނީ ރާއްޖެއަށް 1000 ކޯޓާ ދީފައެވެ. އަދި މިއީ ކޯވިޑަށްފަހު ދެމުން އައި އަދަދަށްވުރެ އިތުރު އަދަދެއްވެސްމެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށް ރައީސުލްޖުުމްހޫރިއްޔާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސަޢުދީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ރަސްމީ ޙައްޖު ކޯޓާ، 2500 އަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ސަޢުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖެއަށް ދޭ، ރަސްމީ ކޯޓާ 1000ގެ ބަދަލުގައި ރަސްމީ ކޯޓާ 2500 އަށް ބަދަލުކޮށްދެއްވުމަށް ރައީސްވަނީ ސަޢުދީ ސަރުކާރަށް ދަންނަވާފައި." މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިއަހަރު ދީފައިވާ 1000 ކޯޓާގެ އިތުރަށް ކޯޓާ ލިބޭނެކެމަށް އުއްމީދު ބޮޑުކަމަށެވެ. އަދި އެހެން އަހަރުތަކާއި ޚިލާފަށް ރޯދައިގެ ކުރިން މިއަހަރު ކޯޓާތައް ލިބުމުން އިތުރު ކޯޓާ ރޯދައިގެ ތެރޭގައި ނުވަތަ ރޯދަ ނިމޭތާ ކުރީކޮޅު ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ވަނީ މިހާރު ހުޅުވާލާފައެވެ. އަދި ރޯދައިގެ ކުރިން އޮންނަ މުއްދަތުގެ ތެރޭގައި އިވެލުއޭޝަންގެ މަސައްކަތް ނިންމުމަށްވެސް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ކޯޓާގެ ތެރެއިން ދެބައިކުޅަ އެއްބައި ކޯޓާ ދިނުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އިތުރު 3 ގްރޫޕަށް ބާކީ ކޯޓާތައް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު