ވިލިމާލެ އަދި މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުއިތަކެއްދޭން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ނިންމާފައިވަނީ ހަތަރު މަސްދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދީ 4 މަސްދުވަހަށް މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކުގެ ކުލިން 30 އިންސައްތަ ކުޑަކޮށްދިނުމާއިއެކު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުން އިތުރު އެއްއަހަރަށް އައު ކުރުމަށެވެ.
މި ނިންމުން ނިންމާފައިވާއިރު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުމުގެ މުއްދަތު މާރޗް މަހުގެ 31 އަށް ހަމަވާނެއެވެ. މާލެ ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ޤާއިމު ކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.
"ވިލިމާލޭގައި އަލަށްފަށާ ތަނެއްވީމަ އެސްޓަބްލިޝްވުމަށްދޭ ލުޔެއްގޮތުގަ ހަތަރުމަސް ރެންޓް ފްރީކޮށް މިދެވެނީ، މާލޭގައިވެސް ބޮޑު ޚަރަދުތަކެއް ހިނގަމުންދާ އަދި ތަކެތީގެ އަގުބޮޑުވެގެންދާ ދުވަސްވަރެއްވީމަ ކޮންމެވެސް ވަރެއްގެ ލުޔެއްދިނުމަށް." މުއިއްޒު ވިދާޅުވިއެވެ.
ވިލިމާލެ އަދި މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލެ ސިޓީކައުންސިލުން ލުއިތަކެއްދޭން ނިންމާފައިވަނީ އެފަރާތްތަކުންވެސް މިފަދަ ލުޔެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު