މިއަހަރުގެ ނިމުމުގެ ކުރިން ސްޓެލްކޯގެ ކޮންމެ މުވައްޒަފަކީ ސެޓްފިކެޓެއް ހާސިލުކޮށްފައިވާ މީހަކަށް ހެދުމަކީ އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މީހުން ބިނާކުރުމަށް ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯމުޙައްމަހު ހާޝިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އެކުންފުނީގެ ކޮންމެ މުވައްޒަފަކީވެސް ސެޓިފިކެޓެއް ހާސިލްކޮށްފައިވާ މީހެއްކަމުގައި ހެދުމަކީ އަމާޒެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީންގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



"ސްޓެލްކޯގެ ޚިދުމަތް މިނާނެ ބަޔަކީ ސްޓެލްކޯގެ ކަސްޓަމަރުން، އެ ޓާގެޓަށް އެޗީވްކުރުމަށްޓަކައި މި ތަމްރީންޕްރޮގްރާމް ކުރިއަށް މިގެންދަނީ، ފެނުގެ ނިޒާމު ޤާއިމުކުރެވިފައި ހުރި ރަށްތަކުގައިގަޔާއި، ސުވަރޭޖްތައް ޤާއިމްކޮށްފައިކުރި ރަށްތަކުގައި އަސާސި ތަމްރީނު ލިބިފައިހުރު މުވައްޒަފުން ބެތިއްބުން ބެނުމަކީ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯއާއި ޕޮލިޓެކްނިކުން ސޮއިކުރި އެއްބަސްވުމުގެ މަޤްސަދަކީ، ޕޮލިޓެކްނިކުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން އަމަލީ ގޮތުން ތަޖުރިބާހޯދަދިނުމެވެ.

ސްޓެލްކޯއަކީ ރައްޔިތުން ބޭނުންވާ ގިނަ ޚިދުމަތްތަކެއް ދޭ ކުންފުންޏެއްކަމުން، އެ މަސްއޫލިއްޔަތު އަދާކުރެވޭނީ މަސައްކަތުގެގެ ހުނަރާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ބިނާކޮށްގެންކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން އެ މަޤްޞަދު ޙާސިލްކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު