ލޯލަށް ފެނުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓްލުމުގެ ފުރުސަތު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބް މިހެން ވިދާޅުވެފައި މިވަނީ އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ލޮލަށް ނުފެންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި، ލޯފަން ބޭފުޅުންނަށް، އެ ބޭފުޅަކު އިޚްތިޔާރުކުރާ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި، އެބޭފުޅަކު އަމިއްލަފުޅަށް، ފާހަގަ ޖެހުމުގެ ފުުރުސަތު ލިބިގެންދާނެކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ހެދި ގޮތްތަކެއް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން ވަނީ މިއަދު މަޖިލީހަށްވެސް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާއި، ހިއުމަން ރައިޓްސް ކޮމިޓީއާއެކު ބޭއްވި މި ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ވަނީ ވޯޓްގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތްތަކެއް ކޮމިޓީއަށް ހުށަހަޅާފައެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ޝީޓެއް ދައްކާލާފައެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ ޕްލާސްޓިކް ޝީޓުގައި ވޯޓު ކަރުދާހުގެ ގޮޅިތަކާއި ދިމާވާގޮތަށް ހެޔޮފާހަގަ ކަނޑާނަގާފައި ހުރުމުން ލޮލަށް ނުފެންނަ މީހުންނަށް ވަރަށް ފަސޭހައިން ފާހަގަ ޖަހަންވީތަން ދެނެގަނެވޭނެކަމަށެވެ. އަދި ވޯޓްލާއިރު އެ ޝީޓް ބޭނުންކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް މައުލޫމާތު ލިބިފައިނުވާކަމަށާއި އެއްވެސް އިދާރާއަކުން އެއީ ނުވާނެ ކަމެއް ކަމަށްވެސް ބުނެފައި ނުވާކަމަށް އެސޯސިއޭޝަނުން ބުނެއެވެ،

ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، އެބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/W3pyEqKCVt
— People's Majlis (@mvpeoplesmajlis) March 1, 2023
އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ހެދި ގޮތްތަކެއް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން ވަނީ މިއަދު މަޖިލީހަށްވެސް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާއި، ހިއުމަން ރައިޓްސް ކޮމިޓީއާއެކު ބޭއްވި މި ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ވަނީ ވޯޓްގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތްތަކެއް ކޮމިޓީއަށް ހުށަހަޅާފައެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ޝީޓެއް ދައްކާލާފައެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ ޕްލާސްޓިކް ޝީޓުގައި ވޯޓު ކަރުދާހުގެ ގޮޅިތަކާއި ދިމާވާގޮތަށް ހެޔޮފާހަގަ ކަނޑާނަގާފައި ހުރުމުން ލޮލަށް ނުފެންނަ މީހުންނަށް ވަރަށް ފަސޭހައިން ފާހަގަ ޖަހަންވީތަން ދެނެގަނެވޭނެކަމަށެވެ. އަދި ވޯޓްލާއިރު އެ ޝީޓް ބޭނުންކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް މައުލޫމާތު ލިބިފައިނުވާކަމަށާއި އެއްވެސް އިދާރާއަކުން އެއީ ނުވާނެ ކަމެއް ކަމަށްވެސް ބުނެފައި ނުވާކަމަށް އެސޯސިއޭޝަނުން ބުނެއެވެ،
ކިޔުންތެރިންގެ ހިޔާލު