ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ އެއްވެސް ސަރުކާރަކުން ނާޖާއިޒު ފައިދާ ހޯއްދަވާ ބޭފުޅެއް ނޫންކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.
އަލީ ސާލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުން ނިންމަވާލެއްވުމަށް ގާސިމް ނުކުމެވަޑައިގެންނެވި ވަގުތު ބައެއް ނޫސްވެރިން ކުރި ސުވާލުތަކާއި ގުޅިގެނެވެ. އެގޮތުން ބައެއް ނޫސްވެރިން ވަނީ ގާސިމް އުޅުއްވަނީ ޑީލް ހަދައިގެން ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަންގަވަންކަމަށް ބުނެ، ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް ގާސިމް ވަނީ އެކަންކަން ދޮގުކުރައްވައި އެމައުލޫމާތު ރަނގަޅަށް އޮޅުންފިލުއްވައިގެން ސުވާލު ކުރުމަށް އެދިވަޑައިގެންފައެވެ.
"ދެން އެހެން އެކަން ވެއްޖެއްޔާ ތިބޭފުޅުން އެކަންކަން ހަމަ މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ބައްލަވާނެ ދެއްތޯ؟ އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަޅުގަނޑު ދުވަހަކުވެސް ކުރިކަމެއްވެސް ނޫން އެއީކީ. އަދި ނުވެސް ކުރާނަން. އެކަހަލަ އެޑްވާންޓޭޖެއް ނަގާކަށް އެއްވެސް ކަމެއް ނުކުރާނަން." ގާސިމް ދެއްވި ޖަވާބުގައި ވިދާޅުވިއެވެ.
މިކަމާގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަކީ، އެއްވެސް ސަރުކާރަކުން، އެއްވެސް މިންވަރެއްގެ ނާޖާއިޒް ފައިދާ ހޯއްދަވާފައިވާ އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫންކަމަށެވެ. އަދި ވެރިއަކަށް ހުންނެވި ބޭފުޅަކު، ޤާސިމް އިބްރާޙީމްގެ މުދަލަށް ގެއްލުންދީ، އެމަނިކުފާނު ޖަލަށްލެއްވުމުން، އޭގެ ބަދަލު ހޯދޭނެކަމަށާއި ނަމަވެސް އެފަދަކަމެއްވެސް ގާސިމް ކުރަށްވާފައި ނުވާކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.
އަލީ ސާލިހު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައަކާމެދު ގޮތެއް ނިންމައި، ހުކުމެއް ކުރުމުން، އެ ނިންމުމަކާ ދެކޮޅަށް "ނޫސްވެރިއަކު" ދައްކާ ވާހަކައެއް، އެ ވާހަކަ ދައްކަންޖެހުނު ސަބަބަކާ މެދު ސުވާލު އުފެދޭކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބއރާޙީމަކީ، އެއްވެސް ސަރުކާރަކުން، އެއްވެސް މިންވަރެއްގެ ނާޖާއިޒް ފައިދާ ހޯއްދަވާފައިވާ އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫން. ވެރިއަކަށް ހުންނެވި ބޭފުޅަކު، ޤާސިމް އިބްރާޙީމްގެ މުދަލަށް ގެއްލުންދީ، އެމަނިކުފާނު ޖަލަށްލެއްވުމުން، އޭގެ ބަދަލު ހޯދޭނެ. pic.twitter.com/U75oh0dbcG
— ali solih (@alisolih) March 1, 2023
މިކަމާގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަކީ، އެއްވެސް ސަރުކާރަކުން، އެއްވެސް މިންވަރެއްގެ ނާޖާއިޒް ފައިދާ ހޯއްދަވާފައިވާ އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫންކަމަށެވެ. އަދި ވެރިއަކަށް ހުންނެވި ބޭފުޅަކު، ޤާސިމް އިބްރާޙީމްގެ މުދަލަށް ގެއްލުންދީ، އެމަނިކުފާނު ޖަލަށްލެއްވުމުން، އޭގެ ބަދަލު ހޯދޭނެކަމަށާއި ނަމަވެސް އެފަދަކަމެއްވެސް ގާސިމް ކުރަށްވާފައި ނުވާކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.
އަލީ ސާލިހު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައަކާމެދު ގޮތެއް ނިންމައި، ހުކުމެއް ކުރުމުން، އެ ނިންމުމަކާ ދެކޮޅަށް "ނޫސްވެރިއަކު" ދައްކާ ވާހަކައެއް، އެ ވާހަކަ ދައްކަންޖެހުނު ސަބަބަކާ މެދު ސުވާލު އުފެދޭކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު