މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންކަމަށެވެ.



މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަބީބު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރުގެ ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ މައިމަރުކަޒުގެ ގޮތުގައި އެންމެފަހުން ބޭނުންކޮށްފައިވަނީ ބާޖަމާލުއްދީން ސްކޫލް ޢިމާރާތެވެ. ނަމަވެސް އެތަނުގައި ޢަރަބިއްޔާގެ އައު ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު