މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާނު ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރ ޝާހިދުއަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީބާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އިސް ވެރިންނެވެ.



މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި މިހިނގާ މާރޗް މަހުގެ 2 އިން 4އަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 8ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި "ހާޓް އޮފް ދަ މެޓަރ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވަރ ކޮމަން ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން، މިދަތުރުފުޅުގައި އެކި ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ



ކިޔުންތެރިންގެ ހިޔާލު