ވެރިކަންކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އަދި އެއީ ޝައުޤުވެރިކަމެއް ހުރި ކަމެއްވެސް ނޫންކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ފާރިސް މިހެން ވިދާޅުވެފައި މިވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ފާރިސް ވިދާޅުވީ އޭނާގެ ހަޔާތުގެ ބޮޑުބައެއްގައި ބައްޕާފުޅު، ރައީސް މައުމޫން ވެރިކަމުގެ ޒިންމާތައް އަދާކުރެއްވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ކިހާ ބޮޑު ޒިންމާއެއްކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
"ވެރިކަމަށް އައުމަކީ އޭގެ ޒާތުގައި އަޅުގަނޑު އެހާ ޝަޢުގުވެރިވާކަމެއް ނޫން. އަޅުގަނޑު ދުށިން އަޅުގަނޑުގެ ހަޔާތުގެ ބޮޑު ބައެއްގައި އަޅުގަނޑުގެ ބައްޕަ ރައީސުލްޖުމްހުރިއްޔާގެ ޒިންމާ އަދާކުރެއްވި ތަން. އެއީ ފަސޭހަކަމެއް ނޫން. ބަޔަކު އެކަން ވަރަށް ކުރާ ހިތުން. ނުވަތަ މަޤާމުގެ ހައިސިއްޔަތު ބޭނުންވެގެން މަސައްކަތްކުރާ ތަން ފެނުނީމަ އަޅުގަނޑު ހިތަށް އަރާ މިއީ ކިހާ ބޮޑު ޒިންމާއެއްކަން އަދި ކިހާ ބޮޑު މަސައްކަތެއްކަން.. އެއީ އިނާމެއް ގޮތަށް ހޯދާ ވަރުގެ ކަމެއް ނޫން." ފާރިސް ވިދާޅުވިއެވެ.
ރައީސްކަމަށް ކުރިމަތިލައްވަފާނަންތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ ޤައުމުގެ މުސްތަގްބަލް ރަނގަޅުކުރުމަށްޓަކައި ކުރެވެން ހުރި ކަމެއް ކުރަންޖެހޭކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ މި ޤައުމުގެ މުސްތަގްބަލް ރަނގަޅުކުރުމަށްޓަކައި އަޅުގަނޑަށްވެސް ކުރެވެން ހުރި ކަމެއް ކުރަންޖެހެއޭ. އަޅުގަނޑަކީ މިހާތަނަށް ކަންކަމުގައި އެހެން ބޭފުޅުންނަށް ފުރުސަތު ދީފައި ފަހަށް ޖެހެމުން އަންނަ މީހެއް. އެހެންނަމަވެސް 2008 ގެ ފަހުން މި ފެންނަނީ ވެރިކަންތަކުން އޭގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭ މަންޒަރު. ރައްޔިތުންގެ ހާލަތު ރަނގަޅުވާ މަންޒަރެއް ނުފެނޭ. ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށްޓަކައި ވަކި ކަމެއް ކުރާނަމޭ، ނުވަތަ ވަކި ކަމެއް ނުކުރާނަމޭ އަޅުގަނޑު ދަންނަވާކަށް ނެތިން." ފާރިސް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ 4 އަހަރަށް އިޝާރަތްކުރައްވާ ފާރިސް ވިދާޅުވީ ޖުމްލަކޮށް ވެރިކަން ކުރިއަށްދިޔަ ގޮތާއިމެދު އެއްޗެއް ދަންނަވަން ދަތިކަމަށެވެ. އަދި ހިތްހަމަޖެހޭ ކަންކަމާއި ހިތްހަމަނުޖެހޭ ކަންކަން ފެނިވަޑައިގެންފައިވާކަމަށް ފާރިސް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް މައާފްކޮށް، އަލުން އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތްކުރަފާނަންތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ އެމްއާރުއެމަކީ ވަކި ބޭފުޅަކަށް ނިސްބަތްކޮށް ނިންމުންތަކެއް ނިންމާ ބައެއް ނޫންކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި އޮންނަނީ އެ ގެންގުޅުއްވާ އުސޫލުތަކަކާއި އަމަލުކުރައްވާ ގޮތްކަމަށާއި އެެހެންކަމުން އެމްއާރުއެމުން ބަލާނީ ޕާޓީ އެތެރޭގައި ހުރި ނިޒާމްތަކާއި އުސޫލުތަކަށްކަމަށެވެ.
"އެހެންވީމަ ވަކި ބޭފުޅަކަށް ތާއީދުކުރާނަންތޯ ނުވަތަ ނޫންތޯ އެހީމަ އަޅުގަނޑަކަށް އެޔަކަށް ޖަވާބެއް ނޭރުވޭނެ. އެމްއާރުއެމްގެ އުސޫލުތައް ބަލައިގަނޭތޯ ނުވަތަ ނޫންތޯ ބަލަނީ." ރައީސް ޔާމިން އަލުން ވެރިކަމަށް ގެންނަން މަސައްކަތް ކުރައްވަފާނަންތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު