ބޮލީވުޑްގެ މަޝަހޫރު ފިލްމީ ތަރިންކަމަށްވާ އަމީތާބް ބައްޗަން، ދަރްމެންދްރަ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ ގެއަށް ހަމާލާ ދޭނެ ކަމުގެ އިންޒާރު ދީފިއެވެ.

މިމީހުންގެ ގެދޮރަށް ބޮމުގެ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ފޯނުން ގުޅައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފޯން ކޯލް ކުރި މީހާ ގުޅައި އިންޒާރު ދިނީ އިންޑިއާގެ ނާގްޕޫރް ޕޮލިހަށެވެ. އިންޒާރުގެ ފޯނު ކޯލާއި އެކު، ނާގްޕޫރް ޕޮލިހުން ވަނީ މުމްބާއީގެ ފުލުހުންނަށް މިކަމާ ބެހޭގޮތުން މައުލޫމާތު ދީފައެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ފުލުހުންނަށް ލިބުނު ކޯލަކީ ބަޔަކު ޖެއްސުމަށް ކުރިކަމެއްކަން އަދި ހާމަވެފައި ނުވާކަމަށްވެއެވެ.

މީގެ ކުރިންވެސް މިފަދަ އިންޒާރަކާއި އެކު އިންޑިއާގެ ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. 2021 ވަނަ އަހަރު މިމީހުން ހައްޔަރުކޮށްފައިވަނީ އަމީތާބް ބައްޗަންގެ ގޭގެ އިތުރުން ތިން ރޭލު ސްޓޭޝަނެއްގައި ބޮން ހަރުކޮށްފައިވާނެކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުން ދިއުމާއިއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން